ނިކުމެ މިތިބީ ކުރީގެ ވެރިކަންތައް ފުރިހަމަ ވެގެންނެއް ނޫން ކަމަށާއި، ނޫސްވެރިކަމުގެ ދިފާއުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ މ. ލާލްޕޫލްގެއާގޭގައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ކޮންމެ ވެރިކަމެއްގައިވެސް ގޯސްކޮށް ކަންތައްތަކެއް ހިނގާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ގޯސްކޮށް ކަންތައްތަކެއް ހިނގި ކަމަށެވެ. އަދި އެއަށް ފަހު އައި ޔާމީން އާއި ސޯލިހުގެ ވެރިކަމުގައި ވެސް ކަންކަން ހިނގީ އެންމެ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ކުރިއަށް އޮތް ތަނުގައި ތިން ރައީސުން އެއކޮށް މަސައްކަތް ނުކުރުމަށް ސަބަބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ ސަބަބެއް ނޫން، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެއްބަސްވެ، އެކައްޗެއް ކިޔާ، ޑިމޮކްރެސީގެ ރޫހާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ރައްޔިތުންނަށް ވެސް ވާގިދީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑަށް ހުޅުވާލެވޭ ގޮތަކަށް އިހުތިޖާޖުތައް ވެސް މަސައްކަތްތައް ވެސް ކުރަމުން ގެންދިއުން،"

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ސޯލިހު ވެސް ވިދާޅުވީ ތިން ބޭފުޅުންގެ ވެރިކަމުގައި ވެސް ސުވާލު އުފެދޭ ކިތަންމެ ކަމެއް ހުންނާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް ވެރިކަން މާ ގޯހީ ކަމަށާއި، ނިކުންނަށް މަޖުބޫރުވީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިތަނަށް އައިސް ތިބެން މަޖުބޫރު މިވީ. އެ ހުރިހާ ވެރިކަންތަކަށް ވުރެ ވެސް ހާލަތު ގޯސްވެއްޖެ ކަމަށް ގަބޫލުކުރެވޭތީ،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުންވެސް ނަޝީދު ވަނީ އެ ތިން ބޭފުޅުންގެ ވެރިކަން ވެސް އެންމެ ފުރިހަމަ ނޫންކަން ތަކުރާރުކުރައްވާފައެވެ.