މާލޭގެ 5 ސަރަހައްދެއް ފެން ހިންދުމުގެ މަަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ވެސްޓް ޕާކް، އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ސަލްމާން މިސްކިތް، އަދި ސްވިމިންގ ޓްރެކް ކައިރީ ޕަންޕު ބަހައްޓައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިންދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވޭނެ ކަަމަށް ލަފާކޮށް އަންނަނި ހުދު ސަމާލު ނެރެމުންނެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ، މިއަދުގެ 08:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށެވެ. މެޓުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރެ ވެހުމާއި އެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފަ ކުރެވޭ ކަމަށެވެ.