ޤައުމީ މަސްލަހަތު އިސްކުރައްވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މާދަން ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މީޑިއާ ގްރޫޕުގައެވެ.
ތިން ރައީސުން ވެސް ބައްދަލު ކުރައްވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ތައްޔާރުކަން ކުރީގެ ރައީސް ޔާމީން އިއުލާނު ކުރެއްވުމާއި ގުޅިގެންކަމަށް ބެލެވެއެވެ.
މިއީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ގޮވާލައްވާފައިވާކަން ވެސް ފާހަގަކުރެވެއެވެ.