ނޫސްވެރިންގެ ދިފާއުގައި މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް މުޒާހަރާ ފެށުމުގެ ކުރިން، ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ފުލުހުން ހައްޔަރުކޮށްފިއެވެ.

ހުސައިންގެ އިތުުރުންވެސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ މީހުން ތިބީ ފުލުހުންގެ އަމުރަށް ކިޔަމަންވެ، މަޖީދީ މަގަށް ނުނިކުމެ ޗާންދަނީ މަގުގައި މަޑުކޮށްގެންނެވެ. އެ ތަނުގައި ތިއްބާ ފުލުހުންގެ ބަޔަކު ގޮސް އެ މީހުން ހައްޔަރުކުރިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.