ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެން މަރުވެފައި ތިއްބާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާ ކަމަށާއި ނަމަ ވެސް ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި ހާދިސާގައި ނިޔާވެފައިވަނީ އިޓަލީ އަށް ނިސްބަތްވާ ފަސް ފަތުރުވެރިން ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.