މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވީ އިންޑިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ އެކްސިޑެންޓުގައި މަރުވެފައިވާ މީހާ އަކީ އުމުރުން 50 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ރޭ ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:12 އެހައިކަންހާއިރު ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައި އެވެ.
އެގޮތުން އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.