ގާނޫނުގެ ދިގުއަތް ހުރިހާ އެންމެނަށް ފޯރާނެކަން ރައްޔިތުންނަށް ސައްކެއްނެތް މިންވަރައް ޔަގީންވާންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އިސްމާއިލް ވިދާޅުވީ އެންމެނަށް ފޯރާނެކަން ރައްޔިތުންނަށް ސައްކެއްނެތި ޔަގީންވާންގެހޭނެ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް ފައިސާވެރިއެއް ނޫސްވެރިއެއް މަސްވެރިއެއް އޮޑިވެރިއެެއް ދަނޑުވެރިއެއް ތަފާތުވެގެން ނުވާނެ ހުރިހާ ފަރާތަކުންވެސް ގާނޫނައް ކިޔަމަންވެ ބޯލަބަންޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ދިވެހިގައުމުގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮއްފަ ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމައް ދެކޭ ދެކުން ބަދަލްވާންޖެހޭ ކަމަށެވެ.
އަދި ސިޓިންރޫމުގަ ތިބެގެންނާ ޖަގަހަތަކު ތެރޭގަޔާ މަގުތައްމަތީ ބުހުތާންދޮގު ވާހަކަތައް ދައްކަމުންދާ ދިއުން ހުއްޓެންވެއްޖެ ކަމަށެވެ.