ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހު ޖަލްސާ ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 9:00 އެވެ.

ނަމަވެސް މިއަދު ޖަލްސާ އެ ވަގުތަށް ފެށިފައެއް ނުވެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

ނާޒިމް ވިދާޅުވީ، މިއަދު ޖަލްސާ ފެށުމަށް ބެއްލެވިއިރު، ކޯރަމް ހަމަނުވާ ކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރު ރަނގަބީލް ޖެއްސެވި ކަމަށާއި ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ 10:00 ފަށާނެ ކަަމަށް ނާޒިމް އޭރު ވިދާޅުވިއެވެ.

ޖަލްސާ މެދުކަނޑާލުމަށްފަހު 10:00 ގައި ލައިވް ކުރުމަށްފަހު ނާޒިމް ވިދާޅުވީ މެންބަރުން އަދިވެސް ހަަމަވެފައިނުވާ ކަމަށެވެ.

އެހެންވެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލް ކުރައްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ މާދަމާ ހެނދުނު 9:00 ގައި މަޖިލިހުގެ ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވާފައެވެ.