ގައުމުގެ ހިނގަމުންދާ ހާލަތަށް ރައްޔިތުން ވިސްނާލާ ބޮޑު ބަދަލަކަށް ތައްޔާރުވާން ވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދް ވިދާޅުވެއްޖެއެވެ.

ނަޝިދު މިފަދައިން ވިދާޅުވީ، ސްރީލަންކާ ކޮލަމްބޯގައި ދިރި އުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ގިނަ ޕާޓިތަކެއް އެކުލެވޭ ނިޒާމާއި އެކުގައި އާ ގާނޫނު އަސާސީއެއް ލިބިފައިވާ ކަމަށާއި، އެ ގާނޫނު އަސާސީއަށް އަމަލު ކުރަމުން ދާތާ 18 އަހަރު ވެއްޖެ ކަމަށެވެ.

އެ ގާނޫނު އަސާސީގެ ސަބަބުން ގައުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، އާމުދަނީ އެތައް ގުނައެއް އުފުލިގެން ދިޔަ ކަމަށާއި، އެގޮތުން ހާއްސަކޮށް ދައުލަތުގެ އާމްދަނީއާއި، އަމިއްލަ ވިޔަފާރިތައް ފުޅާވެގެން ދިޔަ ކަމަށެވެ.

" އިޖްތިމާއީ ރައްކާތެރިކްނަ ކޮންމެވެސް މިންވަރަކަށް ރާއްޖޭގެ ރައްޔިތުންނަށް ލިބިއްޖެ، ބަލިވީމާ ބޭސްފަރުވާ ލިބުމާ އެކަނި ވެރި މައިންނަށް އެއްޗެއް ދެވޭގޮތް ވުން، ޔަތީމު ކުދިންނާ އަޅާލެވޭ ގޮތް ވުން،ނުކުޅެދޭ ފަރާތްތަކަށް އެހީތެރިކަމެއް ފޯރު ކޮށްދިނުން، ދޮށީ އުމުރުގފެ މީހުންނަށް ޕެންޝަނެއް ދެވުނު. ފޮތްފަނސްސުރު ގަލަމާ ފަހުންއައިސް މަތީތައުލީމު ހިލޭދެވޭ ގޮތްވެއްޖެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިއްޖެ. އަޅުގަނޑު މެންނަށް ކުރިއެރުން ތަކެއް ހޯދިއްޖެ" ކުރީގެ ރައީސް މުހައްމަދު ނަޝީދް

ކުރީގެ ރައީސް މުހައްމަދު ނަޝީދް

މި ކުރިއެރުން ތަކާއި އެކުގައި ވެސް ކަނބޮޑުވުން ތަކެއް ވެސް ހުރިކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައްޔިތުން ކަންބޮޑުވެ ހާސްވާ ކަމެއްކަމަށް ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މި ދެމަހެހްހާ ދުވަސް އެ މަނިކުފާނު ހޭދަ ކުރައްވަމުން ގެންދަވަނީ މަގުމަތީގައި އާއި ގޭގޭގައި މީހުންނާ ވާހަކަ ދެއްކުމުގައި ކަމަށެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، ކައްކާ ގޭހާއި ބޭސް ނެތުމާއި ތަކެތި ފިހާރަތަކުން ހުސްވާން ފަށައިފައި މިހާރު ވާކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ލިބެމުން އައި ތަނަވަސް ކަން ގެއްލިދާނެ ކަމުގެ ބިރު މިހާރު އުފެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މީ ރައްޔިރުން ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި ބޮޑު ބަދަލަކަށް ރައްޔިތުން ތައްޔާރުވާން ޖެހިއްޖެކަމަށެވެ.