ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރއިން %30 ޑިސްކައުންޓާއެކު ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.

އައިކެއަރ އިން ބުނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި، ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއަރ ހޮސްޕިޓަލުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި ކެމްޕޭނުގެ ދަށުން "ބްރައިޓް އައިސް – ބޭސިކް" އަދި "ބްރައިޓް އައިސް – އެޑްވާންސް" ގެ ނަމުގައި ދެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ.

މި ޕެކޭޖުތަކުން އިންޝުއަރެންސް ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާއިން %30 ޑިސްކައުންޓް ލިބިގެންދާނެއެވެ.

ތައާރަފްކުރި ޕެކޭޖުތަކުގެ ތަފްސީލް:

ބްރައިޓް އައިސް – ބޭސިކް ޕެކޭޖް:

ލޮލުގެ ފެނުން ޓެސްޓުކުރުން

ލޮލުގެ ނަންބަރު ބެލުން

ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުން

ބްރައިޓް އައިސް – އެޑްވާންސް ޕެކޭޖް:

ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުން

ލޮލުގެ ފެނުން ޓެސްޓުކުރުން

ލޮލުގެ ނަންބަރު ބެލުން

ކޯނިއަލް ޓޮޕޮގްރަފީ

ފަންޑަސް ފޮޓޯގްރަފީ

މި ކެމްޕޭނާ ގުޅޭގޮތުން އައިކެއަރއިން ބުނީ، މި ފުރުސަތަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް މިހާރަކަށް އައިސް ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ސާފުކޮށް ބުނެދޭން ނޭނގިދާނެ ކަމަށް އައިކެއަރ އިން ބުނެފައި ވެއެވެ.

މީގެ ސަބަބުން ކުއްޖާގެ އުނގެނުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންކަމުން މި ޕެކޭޖުތަކުގެ އެހީގައި ބެލެނިވެރިން ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވާނެއެވެ.

މި ޕެކޭޖުތައް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި މި ޕެކޭޖުތަކުގެ ދަށުން ދައްކަންޖެހޭނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނަށެވެ. 10 މެއި 2026 އިން ފެށިގެން ވަކި މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް އައިކެއަރއިން އިލްތިމާސްކުރެއެވެ.

އެޕޮއިންޓްމަންޓް ހެއްދެވުމަށް: ވައިބަރ/ވަޓްސްއެޕް: 7201026 އަދި ވެބްސައިޓް: www.eyecare.mv