ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އަށް ދެވަނަ ދަރިފުޅެއް ލިބިފައިވާއިރު ދަރިފުޅަށް ކިޔާ ނަން ދެމީހުން ވަނީ ހާމަކޮށްފައެވެ.
އެ ދެ މީހުންގެ ދެ ވަނަ ދަރިފުޅު އުފަންވީ މިއަހަރުގެ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ. އިންސްޓަރގްރާމަށް ދޫކޮށްލި ފޮޓޯއަކާއެކު ދަރިފުޅުގެ ނަމަކީ ރުދްރާލޮކް ކަޕޫރު އަހޫޖާ ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ. މި ޕޯސްޓުގައި ވަނީ ދަރިފުޅުގެ ނަމުގެ މާނަވެސް ހިއްސާކޮށްފައެވެ.
މި ޕޯސްޓާއެކު ގިނަ ބަޔަކު އެ ދެމަފިރިންނަށް މަރުހަބާ އާއި ހެޔޮ އެދުންތަކުގެ ކޮމެންޓްތައް ކޮށްފައިވެއެވެ. އޭގެތެރޭގައި އާލިއާ ބަޓް، ބިޕާޝާ ބާސޫ، ކަރީނާ ކަޕޫރު ޚާން، ހުމާ ކަރަން ޖޯހަރު، ޕަރްނީތީ ފަދަ ތަރިން ހިމެނެއެވެ.
ސޯނަމް އާއި އާނަންދު ކައިވެނިކޮށްގެން އުޅޭތާ އަށް އަހަރުވެފައިވާއިރު އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު އުފަންވެފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެދަރިފުޅަށް ކިޔަނީ ވަޔޫއެވެ.