އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރި ކުރި ކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ވަނީ، އެމީހާ ވޮލެޓުން ކާޑު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީސްމީޑިޔާގައި އާންމުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އޭނާގެ ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ނަގާފައި ވަނީ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ހުންނަ އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ކަމަށެވެ.

އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.