މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސިފައިންގެ ކަންކަން އޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް ރައީސްގެ އިރުޝާދުގެ މަތިން މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ކަމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ފަހު އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުތައް ހަދާނުގައި ހުރިކަމަށް ވިދާޅުވެ ވަޒީރު ވަނީ ރައީސް އެދިވަޑައިގެންނެވި އެއްކަމަކީ ސިފައިގެން ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވެފައެވެ.

އެ ގޮތުން ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތަކާއި ސިފައިންގެ މަރުކަޒުތަކާއި ބެރެކްސްތަކުގެ ހާލަތު ރަނގަޅުކޮށް ސިފައިންގެ ޔުނީފޯމްއާއި ސޭފްޓީ ގިޔާ އާ ކުރުމުން ގެންދިޔުމަށް ވަގުތުން މަސައްކަތް ކުރުމަށް ވިދާޅުވި. ޖުމަލަ ކޮށް މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސިފައިންގެ އެކިކަންކަން އޮތް ނިކަ މެތި ހާލަތު ބަދަލުކޮށް

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު

ސިފައިންގެ ހާލަތު ރަނގަޅު ހާލަތަކަށް ބަދަލުކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި އެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިޔުމަށް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އިތުރުކަންތައްތައް ދެނެގަތުމަށް ސިފައިންގެ ޓެކްނިކަލް ޓީމް ތަކުން ގެންދަނީ މަސައްކަތް ކުރަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ކަންކަމަކީ ހަމައެކަނި އެ ވުޒާރާގެ ތެރެއިން ފުރިހަމަ ކޮށް ނިމޭނެ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.