ހެޔޮގޮތުގައި ވެވޭ ޙައްޖުގެ ސަބަބުން ސުވަރުގެ ޔަގީންވާކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

ހުކުރު ޙުތުބާގައި ހެއު ގޮތުގައި ވެވޭ ހައްޖާ ގުޅުވައިގެން ބުނީ ހެޔޮ ގޮތުގައި ވެވޭ ޙައްޖަށް ﷲ ދެއްވާ ސަވާބަކީ ސުވަރުގެކަން ޝަރުޢީ ދަލީލު ތަކުން ސާބިތުވާ ކަމަށެވެ. އެގޮތުން ޙައްޖު ވާޖިބުވުމަށް ފަހު ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޙައްޖުވުމަށް އަވަސްވެގަތުމަކީ ރަސޫލާ އިރުޝާދުދެއްވައިފައިވާ ކަމެއް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުވުމަކީ އަދި ޢުމުރުން އެއް ފަހަރު ޢުމްރާވުމަކީ ވާޖިބު ކަމެއް ކަން ފާހަގަކޮށް ޙުތުބާގައި ބުނީ އެއް ފަހަރަށް ވުރެ ގިނައިން މި އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެއް އަދި ނުހަނު ގިނަގުނަ ސަވާބު ލިބެނިވި ކަމެއް ކަމަށެވެ.

ހުތުބާގައި ވަނީ ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވުމަކީ، ކޮބައިކަން ބުނެދީފައެވެ.

ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވުމަކީ، އެ ކަމަށް ސިއްޙީ ގޮތުން ކެރި ކުޅަދާނަވުމާއި، ޚަރަދުކުރުމުގެ ގޮތުން ކެރި ކުޅަދާނަވުމާއި، މަގު އަމާންވެގެން ވުމެވެ."

ހުކުރު ޙުތުބާ

މީގެ އިތުރުން ހުކުރު ޙުތުބާގައި ބުނީ މާތް ﷲގެ ޙަޟުރަތުގައި މަޤުބޫލުވެގެންވާ އަޅުކަމެއް ކަމުގައި، ކޮންމެ އަޅުކަމެއް ވެސް ވާހުށީ، އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ފުރިހަމަވެގެން ކަމަށެވެ.

އެއީ، މާތް ﷲގެ ވަޖުހުފުޅު އަދައިގެން އިޙްލާސްތެރިކަމާއެކު، ކީރިތި ރަސޫލާ، އެ އަޅުކަމެއް ކުރުމަށް އަންގަވައިފައިވާ ގޮތުގެ މަތީން އެ ކަމެއް ކުރުން ކަމަށްވެސް ޙުތުބާގއި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ހެޔޮ ގޮތުގައި ވެވުނު ޙައްޖެއްކަމުގެ ޢަލާމާތަކީ ޙައްޖުވުމަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވުން ކަމަށެވެ.

ހެއު ގޮތުގައި ވެވުނު ޙައްޖެއްކަމުގެ ޢަލާމާތަކީ ހައްޖުވުމަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް ﷲ މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިޔުމާއި، މާތް ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާ ވުމެވެ."

ހުކުރު ޙުތުބާ

ޙައްޖަކީ އަހަރަކު އެއް ފަހަރު އަދާކުރެވޭ އަޅުކަމެކެވެ. ޢުމްރާއަކީ އަހަރަކު އެއް ފަހަރަށް ވުރެ ގިނައިން ވެސް އަދާކުރެވޭ އަޅުކަމެކެވެ. ޙައްޖަށް އިޙްރާމް ބަނދެވޭނީ ޙައްޖުގެ މައްސަރުތަކުގައެވެ. ޙައްޖުގެ މައްސަރުތަކަކީ ޝައްވާލް މަހާއި، ޒުލްގައިދާ މަހާއި، ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ޙައްޖު މަހުގެ ނުވަވަނަ ދުވަހު ޢަރަފާތު ގައި ހުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޙައްޖުގެ ރުކުނެއް އަޅައިފި މީހަކަށް އެ އަހަރަކު ޙައްޖެއް ނުލިބޭނެއެވެ.