މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫގެ ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވަން ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ 2027، 2028 އަދި 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ގޮތްތަކެއް، ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށެވެ.
ހަމައެގޮތަށް މުސްތަގުބަލުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބައެއް ކަހަލަ އިންސެންޓިވްސް ދީގެން އެ ސަރަހައްދު ތަކަށްވެސް އިންވެސްޓުމެންޓުތަށް ގެންދިއުމަށް ނުވަތަ ވިޔަފާރި ކުރުމަށް ފަސޭހަކަން މިހާރަށް ވުރެއްވެސް އިތުރަށް، އިތުރު ލުއިތަށް ދީގެން ގެންދިއުމަކީ ނުވަތަ ކުރެއްވުމަކީ ބޭނުންފުޅުވާ ކަމެއް ކަންވެސް ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ކަމަަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެކަން ފެށުމަށްޓަކައި އައްޑޫގެ ވިޔަފާރިވެރިންނަށް ހާއްސަކޮށް އައްޑުގައި ފޯރަމެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.
ސައީދު ވިދާޅުވީ އެ ފޯރަމުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީވެސް ބައިވެރިވާނެ ކަމަށެވެ. އަދި އޭގެ އިތުރަށް ސަރުކާރުގެ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް މި ފޯރަމްގައި ބައިވެރިވާނެ ކަމަށެވެ.