މިވަގުތު އިންވެސްޓު ކުރުމުގެ ދާއިރާ ގައި އޮތީ ވަރަށް ބޮޑަށް ވަންވޭ ޓްރެފިކް އެއް އުފެދިފަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާގެ ބިސްނަސް ފޯރަމާއި ގުޅުވައިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މިވަގުތު ރާއްޖޭގައި ގިނައީ ސްރީ ލަންކާގެ އިންވެސްޓަރުން ކަމަށެވެ.
އެހެން ނަމަވެސް ދިވެހިންނަށް މާ ފަހި ފުރުސަތުތަކެއް ނެތް ކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ޓޫ ވޭ މަސައްކަތެއް ގޮތަށް ވާން ކަމަށެވެ. އަދި އިންވެސްމެންޓު ވެލިއު އިން ބަލާނަމަ އަންނަން އޮތީ ޑެފެސިޓް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކުގައި ކޮންމެ ގައުމަކަށް ވަޑައިގަތަސް ވިޔަފާރި ވެރިންނަށް ފަސޭހަކަން އިތުރު ކޮށްދޭނެ ގޮތްތަށް ހޯދަދިނުމަށް އިސްކަންދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އެ ފޯރަމާއި ގުޅޭ ގޮތުން ސައީދު ވިދާޅުވީ އެ ފޯރަމަކީ ވިޔަފާރިވެރިންނަށްވެސް ވަރަށް ކަމުގޮސްފައިވާ ފޯރަމެއް ކަމަށެވެ. އަދި ވިޔަފާރިވެރި އަކަށް ފޯރަމާ ގުޅޭގޮތުން ސުވާލުކޮށްފި ނަމަ ވަރަށް ގިމަ މައުލޫމާތު ދަސްވި، ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ބުނާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ރައީސް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްރީ ލަންކާ މޯލްޑިވްސް ބިޒްނަސް ފޯރަމް ގައި ބައިވެރިވެލެއްވުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ބިޒްނަސް ފޯރަމަކީ ރައީސް ވެރިކަމަށް އައި ފަހުން ކުރިއަށް ގެންގޮސްފައިވާ އެފަދަ 10 ވަނަ އިންޓަނޭޝަނަލް ބިޒްނަސް ފޯރަމް ކަމަށެވެ. އަދި އެ ފޯރަމުގައި 300 އަށް ވުރެއް ގިނަ ފަރާތްތައް ބައިވެރިވެފައިވާ ކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އޭގެ ތެރެއިން 70 އިންސައްތައަށް ވުރެއް ގިނައިން ތިބީ ބޭރުގެ ވިޔަފާރިވެރިން ކަމަށެވެ.