މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 7 ތަނެއް ބަލައިފާސްކޮށް، 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ، އެ 3 ބިދޭސީން އަތުލައިގަނެފައި ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން މި މަހުގެ 5 ވަނަ ދުވަހު އެވެ.
އެ ރެއިޑް އޮޕަރޭޝަނުގައި، މާލޭގެ 07 ތަނެއް ބަލައިފާސްކޮށް 15 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
އަދި މީގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުޞަތު ސަރުކާރުން ދީފަވާއިރު އެ މުއްދަތުގެ ފަހުން އިތުރު ފުރުޞަތެއް ނުދޭން ވަނީ ނިންމާފައެވެ.