އެލް ނީނޯއެއް ބޯމަތިވުމުގެ މަލަމަތިތައް އެބަ އޮތް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ އެލީނޯއެއް ބޯމަތި ވެއްޖެ ކަމަށް ވަންޏާމު ރާއްޖެއަށް އޭގެން އަންނާނެ އަސަރަކީ ވޯމް ވޯޓާތަކާއި އެއްކޮށް ކޮރަލް ބްލީޗްވުން ކަމަށެވެ.

އަޅުގަނޑު ބަލައިލިން އެލް ނީނޯ އިންޑެކްސް ކިހާ ހިސާބެއްގަތޯ ހުރީ ސުޕާ އެލް ނީނޯ އިންޑެކްސްއެއްގެ ވާހަކައެއް މުޅި އަކުން ނެތް

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް

އެކަމު މިވަގުތު އެލް ނީނޯގެ އިންޑެކްސްއިނީ ނިއުޓްރަލްގައި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެލް ނީނޯއަކަށް ދިޔުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ. އެހެން ކަމުން މިކަމާއި ގުޅިގެން ކޮރަލް ބްލީޗްވުން މަދު ކުރަން އެޔަށް ދެވޭ ސްޓްރެސް މަދުކުރުންގެހޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އެއް އަހަރު ކުރިން ހަމަ މިގޮތަށް އެޕިސޯޑްތައް ސިވިޔާ ވާންތަން އައިމަ މީގަ އެބަހުރި ކޮންސްޓްރަކްޝަން ކުރަމުން ހިއްކަމުން އައިތަންތަން މޑު ޖައްލާފަ

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް

މީގެ ކުރިން އެލް ނީނޯ އިނޑެކްސް މަތިވުމުން ކޮންސްޓްރަކްޝަން ކުރަމުން އައި ތަންތަނާއި ބިން ހިއްކަމުން އައިތަންތަން މަޑު ޖައްސާފައިވާ ކަމަށާއި މިއީ އަނެއްކާވެސް ކުރެވޭނެ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން އެކި ސަރަހައްދުތަކުގައި މިހާރު އީޕީއައި އިންނާއި މެރިން ރިސާޗް އާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސް ކޮރަލް ރީފްތައް މޮނިޓާރ ކުރަމުން ދާންޖެހޭ ކަމަށެވެ. އެއީ ރީފް ތަކުގެ ހާލަތު ދެނެގަންނަން ވެގެން އިންސްޓޯލް ކުރަން ޖެހޭ އާލާތްތަކާއި ލޮގާތައް އިންސްޓޯލް ކޮށްގެން ދެ ވުޒާރާ ގުޅިގެން އެކަން އިތުރަށް އެކްސްޕޭންޑް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެލް ނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވެ، ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭ ވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއްއަންނަ ހާލަތެކެވެ. މި ހާލަތު އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ.