ށ. މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ށ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު ނިންމާލާފައިވާކަމަށެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 31 ދުވަހުގެ ތެރޭގައި 21 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުކުރި 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫޢުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސް
މި މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް 1,134,534 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށާފައި ވަނީ މިދިޔަ އޭޕްރީލް 3 ގައި ކަމަށާއި އެ މަސައްކަތް ނިމިފައި ވަނީ އިއްޔެ ކަމަށެވެ.
މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި ޢަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.