ސިޔާސީ ޕާޓީ ތަކުން މަގުމައްޗަށް ނުކުނަންޖެހެނީ ޕާޓީތަކަށް އެހެން ގޮތަށް ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ނުދޭތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލީހުގައި ހުޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާއާއި ގާނޫނު އަސާސީއާއި ސިޔާސީ ޕާޓީތަކާއި ގާނޫނާއި ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިނގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވާ އެފަރާތްތަކާއި މެދު ގާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ ސިޔާސީ ފާޓީތަކުން އާންމު އިޖްތިމާއީ މިނގަޑާއި ހިލާފަށް ކަމެއް ކުރައްވާ ކަމަށް ޕީއެންސީގެ މެންބަރުން ހުށަހަޅުއްވާތީ ހައިރާން ވާކަމަށެވެ.
މެންބަރު މީކާއީލް ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުން ޕީއެއްސެމްއިން ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުދިނުމުގެ ގަރާރު ބޭރުކޮށްލި ވާހަކަ ފާހަގަކުރައްވާ ވިދާޅުވީ މިދައްކަނީ މަގުމަތީގައި ސިޔާސީ ޕާޓީ ތަކުން ކުރާ އިހްތިޖާޖްތަކުގައި އާންމު އިޖްތިމާއީ މިނގަޑު ނުހިފެއްޓޭ ވާހަކަތައް ކަމަށެވެ.
މޭގެ އިތުރުން މީކާއީލް ވިދާޅުވީ، ސިޔާސީ ޕާޓީ ތަކުން ގާނޫނާއި ހިލާފުވާ ވާހަކަ ދައްކާއިރު މިހާރު ދިވެހި ރައްޔިތުން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކުރިއަށް ދިޔުމުން އިނގުނީ ޑީއެންއާރުގެ ޑޭޓާ ބޭނުން ކުރައްވައިގެން ޕީއެންސީއަށް އެމްޑީޕީގެ އެތައް މެންބަރެއްގެ ޕާޓީ ބަދަލުކޮށް ގެންގޮސްފައިވާ ކަމަށެވެ.
ޑީއެންއާރުގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލު ކުރަމުން މީކާއިލް ވިދާޅުވީ މީހަކު އަމާޒުކުރާ ބަސްމަގަކުން ސިޔާސީ ޕާޓީއެއްގެ އާންމު އިޖްތިމާއީ މިންގަނޑު ނުހިފެއްޓެއޭ ބުނެވޭކަމަަށާއި ސިޔާސީ ޕާޓީއަކުން ކުރާ އެންމެ ހުތުރު އަމަލަކީ ވައްކަން ކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން މިނޫން ކަމެއް ނުފެންނަ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.