ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ދީފައިވާ ސުންގަޑިއަކީ މޭ މަހުގެ 3ވަނަ ދުވަހެވެ. ނަމަވެސް، މި މުއްދަތު މިހާރު މޭ 13ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅޭ ގޮތަށް އިތުރުކޮށްފައެވެ.
އެހެންކަމުން މިއެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އިޢުލާނާއެކުވާ ފޯމު ފުރުއްވުމަށްފަހު tobaccofreemaldives@hpa.gov.mvއަށް އީމެއިލް ކުރެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޢިނާމެކެވެ.