އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަން ކޮށްފި އެވެ.

ސިއްހީ ވުޒާރާ އަދި އެންސްޕާއިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެންސްޕާގެ ސީއީއޯގެ މަގާމަށް އާމިނަތު ޝިރުނާ އައްޔަން ކޮށްފައިވާކަން ހާމަކޮށްފައެވެ.

އެ ޕޯސްޓުގައި، ސިއްހީ ވުޒާރާ އަދި އެންސްޕާއިން ވަނީ ޝިރުނާ އަށް މަރުހަބާ ކިޔާފައެވެ.

ޝިރުނާގެ މަގާމުގައި ކުރިން ހުންނެވީ ހީނާ ވަލީދު އެވެ. އޭނާ މިހާރު ހުންނެވީ ފަންނާ ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރުގެ މަގާމުގައެވެ.