މި އަހަރުގެ އޭޕްރިލް މަހު 78 މިލިއަން ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކޮށްފިއެވެ.
މިފްކޯ އިން އާންމުކޮށްފައިވާ އޭޕްރިލް މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު މިފްކޯ އިން ވަނިީ މަސްވެރިންނަށް 78،778،405.00 ރުފިޔާ ދޫކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ރުފިޔާ ދޫކޮށްފައިވަނި ކަޅުބިލަ މަހަށެވެ. އެގޮތުން ކަޅުބިލަ މަހަށް 77،660،455 ރުފިޔާ ވަނީ ދޫކޮށްފައިވާ އިރު 4،146 ޓަނުގެ މަސްވަނި ކިރާފައެވެ. މަސްކިރާފައިވަނީ 781 ދޯންޔަކުންނެވެ.
މީގެ އިތުރުން 10 ކިލީ އިން މަތީގެ ކަނެނެލީގެ 5،78 ޓަނު ކިރާފައިވާ އިރު، 115،600 ރުފިޔާ 91 ދޯންޔަކަށް ވަނި ދޫކޮށްފައެވެ. އަދި 15 ކިލީ އިން މަތީގެ ކަނެނެލީގެ 40 ޓަނު ކިރާފައިވާއިރު 1،002،350 ރުފިޔާ 196 ދޯންޔަކަށް ވަނި ދޫކޮށްފައެވެ.
އެހެންކަމުން މިފްކޯއިން ވަނީ ޖުމްލަ 4،414 މަހުގެ ކިލޯ ކިރަފައިއެވެ. އެއީ ޖުމްލަ 1،068 ދޯނިން ކަންވެސް މިފްކޯ އިން ވަނި ފާހގަކޮށްފައެވެ.
މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން 29 އޭޕްރިލްގައި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.