ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު މެންދުރު 1 ޖެހުމާ ހަމައަށް ނ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރޭކަމުގައެވެ.

މީގެއިތުރުން ބާރަށް ގުގުރާނެކަމަށް ލަފާކޮށް ޅ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު އުތުރުގެ އަތޮޅުތަކަށް ކަނޑު ނަމަވެސް އެހެން ސަރަހައްދުތަކަށް އާދައިގެ ވަރަަކަށް ކަނޑު ގަދަވާނެކަމަށެވެ. އަދި ވިލާގަނޑުގައި ވެސް ކަނޑު ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.