ކްލިކް ކޮލެޖުން "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމެންޓް" ކެރިއާ ގައިޑެންސް އިވެންޓް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ކްލިކް ކޮލެޖުން ބުނީ ޒުވާނުން ތައުލީމީ ކުރިމަގު ޕްލޭންކޮށް، އެކުދިން ބޭނުންވާ ކެރިއާ އެއް އިހްތިޔާރު ކުރުމަށް އެހީތެރިވުމުގެ މަގުސަދުގައި"ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމެންޓް" ގެ ނަމުގައި ދެ ދުވަހުގެ ކެރިއާ ގައިޑެންސް ހަރަކާތެއް މި މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ޒުވާނުންނާއި، ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތް އޮންނާނީ މި މަހުގެ 15 އިން 16 އަށް މީރުމާގައި ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެ ހަރަކާތުގެ ތެރެއިން އުނގެނުމަށް ލޯބިކުރާ ކުދިންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުނެއެވެ.
އެ ކޮލެޖުގެ މާކެޓިން އެގްޒެކެޓިވް ފާތިމަތު ސާރާ ވިދާޅުވީ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޒުވާނުން އެމީހުންގެ ކުރިމަގާ މެދު ވިސްނާ، ހަރުދަނާ ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުން ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ތެރެއިން ލިބިގެންދާނެ ފުރުސަތުތަކަށް ބަލާލާއިރު، ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުން، މަތީތައުލީމުގެ ތާއިރާއިން ކުރިއަށް ދެވޭނެ މަގުތަކާއި، މިހާރު އެންމެ ބޭނުންތެރި ހުނަރުތަކާ ބެހޭ މައުލޫމާތު ހޯދުން އަދި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެންމެ ޑިމާންޑު ބޮޑުވާނެ ވަޒީފާތަކާއި، އަލަށް އަންނަ މަސައްކަތުގެ ދާއިރާތަކާ ބެހޭ އިރުޝާދު ހޯދުން ހިމެނެއެވެ.
މިހަރަކާތުގެ ތެރެއިން ތަޖުރިބާކާރުން ބާއްވާ ޕެނަލް ޑިސްކަޝަންތަކުގެ މައުލޫމާތަށް ބަލާލާއިރު، ފަތުރުވެރިކަން، ބިޒްނަސް މެނޭޖްމެންޓް، މާކެޓިން، ހިއުމަން ރިސޯސް މެނޭޖްމެންޓް، ކްރިމިނޮލޮޖީ، ކުޅިވަރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމު، މެޑިސިން، އިންޖިނިއަރިން، ޕައިލެޓްކަން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ސްޕޭސް ރިސާޗް ހިމެނެއެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ތެރެއިން ކުރިއަށްދާނެ އެހެން ހަރަާތްތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ) ގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމާއި އެކި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުން އަދި ނަފްސާނީ ދުޅަހެޔޮކަމާ، ރިޕްރޮޑަކްޓިވް ހެލްތާއި ގުޅޭ ގޮތުން ސިސައިޓީ ފޯ ހެލްޓތް އެޑިއުކޭޝަން (ޝީ) ގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
ހަމަމިއާއެކު ޒުވާނުން ކުރިއަށް ދާނެ ދާއިރާއެއް އިހްތިޔާރު ކުރުމުގައި ނުވަތަ މުސްތަގުބަލުގެ ނިންމުްތައް ނިންމުމުގައި، "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމެންޓް" އަކީ އިތުބާރާއެކު އައު ފުރުސަތުތަކަކަށް ހުޅުވިގެންދާނެ މަގަކަށް ވާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.