މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަނުކުރައއްވައިފިއެވެ.
އެމްޓީސީސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓަކުންނެވެ.
މުބީން އަކީ ކުރިން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މްޓީސީސީގެ ޑީއެމްޑީގެ މަގާމު ކުރިން އަދާކުރައްވަމުން ގެންދެވީއީ، އަހުމަދު ޝަރީފް އަބްދުލް ރަހްމާން ޔޫސުފް އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
އެ މަގާމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.