ބޭރު ފައިސާ ޓީޓީއަށް ވިއްކާނީ ބޭންކު ހުޅުވިފައި ހުންނަ ގަޑީގައި ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މިހެން އެކަން އޮތްނަމަވެސް ބޭރުފައިސާ އެޓީޓީ އަކަށް ހަމައަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާ ގަޑިއަކަށް ފޮނުވޭނެ ކަމަށެވެ.
އަދި ޓީޓީތައް ސްޕިޓްކޮށްގެން ފޮނުވާ ފަރާތްތައް ފާހަގަކުރައްވާ އެ ފަރާތަކަށް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރުފައިސާ ވިއްކާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްއިން ޓީޓީތަކަށް ދެއްކި ޑޮލަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް 40،944 ޓީޓީއަކަށް 136 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މަހަކަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު އިތުރެވެ. އެގޮތުން 2025 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 15 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަހަރު މަހަކަށް ވިއްކާފައިވަނީ 34 މިލިޔަން ޑޮލަރެވެ.
މީގެ އިތުރުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ވަނީ 1.45 ބިލިޔަން ޑޮލަރު ފޮނުވާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 1.03 ބިލިޔަން ޑޮލަރެވެ.
ކްރޮސްބޯޑަރ ޓްރާންސެކްޝަންތަކަށް ބަލާއިރު 306 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރުން އައިސްފައިވެއެވެ. އަދި ރާއްޖެއިން ބޭރަށް ވަނީ 414 މިލިޔަން ޑޮލަރު ފޮނުވާފައެވެ.