ޕީއެންސީގެ ތަރުޖަމާނަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފި އެވެ.
އެ ޕާޓީން ރޭ ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ޕީއެންސީން ބުނީ 75,000 ވުރެ ގިނަ މެންބަރުން ހިމެނޭ އެ ޕާޓީގެ ތަރުޖަމާނަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސާފައިވާ ކަމަށެވެ. ފިރުޒުލްއަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސްގެ ތަރުޖަމާންކަން ވެސް ފިރުޒުލް ކުރެއްވިއެވެ.