މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ލަމްއާން މަގާމުން ވަކިކޮށްފައި ވަނީ މި ހަފްތާ ތެރޭގައެވެ.
މަގާމުން ވަކިކުރިކަން ކަށަވަރުވެފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާތީ، މިކަމުގެ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. މި ބަދަލާއެކު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.
ލަމްއާން ވަކިކޮށްފައިވަނީ އެމްއޭސީއެލްއަށް 85 މުވައްޒަފުން ނަގައި ގޭގައި ތިބެގެން މަސައްކަތް ނުކޮށް މުސާރަ ނަގާކަމުގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވުމް ދިޔަ ދަނޑިވަޅުގައެވެ. މިކަމާ ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަން އެމަނިކުފާނަށް އެނގި ނުލައްވާކަަމަށް ވިދާޅުވެފައެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ ހިންގުމުގައި ބޮޑު ކުންފުންޏެއް ކަމަށްވާތީ ކުންފުންޏަށް މުވައްޒަފުން ނަގާނެކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓަކީ ހަގީގަތެއް ނޫންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.