ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުކުރި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް، ސިޔާސީ ޕާޓީ ބަދަލުކުރުން ދުސްތޫރީ ގޮތުން މަނާވާނެ ގޮތަށް ގެނެވުނު އިޞްލާޙު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުުން ނިންމި ނިންމުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ކިޔައިފި އެވެ
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކުރި މުހިންމު ނުކުތާތަކުގެ ތެރޭގައި، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ތަންްފީޒުކުރެވޭ އުޞޫލެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖެފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް ޢަމަލުކުރަމުންދާޤައުމުތަކުގައިވެސް މިފަދަ އުޞޫލުތައް ތަަޠުބީޤުކުރަމުންދާކަން އަދި އެޤައުމުތަކުގެ ޤާނޫނުއަސާސީތަކުގައި އެ އުޞޫލު އެކަށައަޅާފައި ހުރިކަން ފާހަގަކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކުރައްވާފައިވާ ކަމަށާ އިތުރަށް އެ ނިންމެވުމުގައި ބަޔާންކޮށްފައި ވަނީމަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރެއްވުން މަނާކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަން ޙުކުމްގައި ފާހަގަކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މަޖިލީހުގެ މެންބަަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ޤާނޫނުއަސާސީގައި ބަޔާންކޮށްފަައި އޮތް އޮތުމަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަަށް ބަދަލެއް އުނިކަމެއް ނާންނާނެކަން ކަށަވަރު ކޮށްދޭނެ އިސްލާހެއް ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކުރާ ކަމަށާއި އިތުރަށް އެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަން ޙުކުމްގައި ފާހަގަކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ހަމައެހެންމެ މަޖިލީހުގެ މެންބަަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ޤާނޫނުއަސާސީ ގައި ބަޔާންކޮށްފަައި އޮތް އޮތުމަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަަށް ބަދަލެއް އަދި އުނިކަމެއް ނާންނާނެކަން ކަށަވަރު ކޮށްދޭނެ އިސްލާހެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ތަޅުން ހުރަސްކޮށް ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޖަވާބުދަރީވުން އިތުރުކުރުމުގެ ގޮތުން އެހެނިހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް އަމަލުކުރަމުންދާ އުޞޫލެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކުރި ޙަޤީޤަަތްތަކުގެ އަލީގައި ސަރުކާރުން ހުށަހަޅައި، އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަޤީންވާނެ ކަމަށެވެ.
އަދި މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށުން ކަމުގައިވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިޞްލާޙުކުރައްވައި، ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު އެންމެހައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކޮށްދެއްވުން ކަމަށެވެ.
މިގޮތުން އެ ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަޤީންކޮށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.