"ގޯތިގެދޮރު" ޕްރޮގުރާމުގެ "ބިންވެރިޔާ" ހާއްސަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވަލޮޕްމެންޓް އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ"ހާއްސަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން، ސިންގަލް އެޕްލިކަންޓުން ފުލެޓަށް އެދި ހުށަހެޅުމަށާއި ޖޮއިންޓް އެޕްލިކަންޓުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިން 1،250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި، ފުލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓާ މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގުރާމަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ 31 މޭ ގެ 23:59 އެވެ.