ރާއްޖެއަށް އަހަރުގެ މިހާތަނަށް އިމްޕޯޓް ކުރި އަދަދު 20- 19 އިންސައްތަ އިތުރު ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރާއްޖެއަށް އަހަރުގެ މިހާތަނަށް އިމްޕޯޓް ކުރި އަދަދު އެހެން އަހަރުތަކާ އަޅާ ބަލާއިރު، ގާތް ގަނޑަކަށް 20 އިންސައްތަ އާއި 19 އިންސައްތައިގެ އިތުރު ވުމެއް އައިސް އެބަ އޮތް ކަމަށެވެ.
އެގޮތުން ސީދާ އަދަދަށް ބަލާނަމަ މިދިޔަ އަހަރު 13.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު، މިއަހަރު 16.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި ކަމަށް ވަޒިރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒިރު ވަނި ތަކެތީގެ އަގުތަކަށްވެސް އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން ވަޒިރު ވިދާޅުވީ ލަންކާގައި ލަންކާގައި ތާށިވެފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓައިނަރުގެ ތަކެތި އަންނަ ހަފުތާގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް މަދުކުރުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ލޯޑު ކުޑަކުރެވިގެންދާނެ ކަމަށެވެ.