2 ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ކެންބޯޑިއާއި އަދި ސޯޝިއަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަށް ރާއްޖެއިން ކަނޑައަަޅުއްވާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް މަރިޔަމް މިދްފާ ނައީމް ހަމަޖެއްސުމަށް ފެނި ވަޑައިގަންނަވާ ކަމަށް 74 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ހެލެނިކް ރިޕަބްލިކްއަށް ރާއްޖެއިން ކަނޑައަަޅުއްވާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ހަސަން އާދަމް ހަމަޖެއްސުމަށް ފެނި ވަޑައިގަންނަވާ ކަމަށް 75 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.