ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން މެދު ރާއްޖެއާއި ދެކުނަށް ބޯކޮށް ވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނިއެވެ. ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނުގައި ވައިގަދަދުން އެކަށީގެންވާ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެންނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާ ކޮށްފައި ވެއެެވެ.