ރ. ދުވާފަރު ގައި މާރާމާރީ ހިންގާ، ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.
ފުލުހުން ބުނީ ރ. ދުވާފަރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް އޭޕްރީލް 28 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެމީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ވީ ނިއުސް އަށް މައުލުމާތު ދެމުން އެމީހާ ޒަހަމްކޮށްލާފައި އޮށްވާ ފެނުނު ފަރާތެއް ބުނީ އެމީހާ ފެނިފައި ވަނީ ގާތް ގަނޑަކަށް 9:30 އަކަށް ހާއިރު ކަމަށެވެ. ވީނިއުސްއަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެމީހާ އޮތީ ފަސްގަނޑުމައްޗަށް ވެއްޓިފައެވެ. އަދި އަނިޔާވެފައިވަނީ ބުރަކަށްޓަށްކަމަށް ބެލެވެއެވެ.
މިމައްސަލަ ތަހުގީގުކުރަމުންދާކަމަށް ބުނުން ފިޔަވައި މިކަމާއިގުޅޭ އިތުރު މައިލޫމާތެއް ފުލުހުން ހާމައެއްނުކުރެއެވެ.