ށ. ފޯކައިދޫ ޕޮލިސް އިންޗާޖުގެ ސައިކަލުގައި އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ފޯކަައިދޫ ޕޮލިސްގެ ސްޓޭޝަން އިންޗާޖު ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލުގައި ރޯކޮށްލާފައިވާކަން ރޭ 10:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ރޯކޮށްލުމުގެ ސަބަބުން އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސައިކަލުގައި ރޯކޮށްލިއިރު، ޕޮލިސް ސްޓޭޝަން އިންޗާޖު ދިރިއުޅޭ ގޭގެ ގޭޓަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިގޮތުން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.