ރަސްމާލެ މަޝްރޫއާއި ނުލާ ބޯހިޔާ ވަހިކަން ހޯދާނެ ގޮތެއް ނެތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ. މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ހިނގާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއާއި އެހެން މަޝްރޫތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އެހެންކަމުން މިހާރު މާލެ ސަރަހައްދުގައި ރައްޔިތުނަށް ބޭނުންވާ ފްލެޓް އެޅުމަށްޓަކައި ބިމެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ހިއްކަމުން ދާ ބިންތައް ރައްޔިތުންނަށް ގޯތި ބަހާފަ ހުރުމުން ރައްޔިތުންނަށް މި އޮތް ބޯހިޔާ ވަހި ކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޮންމެވެސް އެހެން ގޮތެއް ވެސް ހޯދަންޖެހޭ ކަމަށެވެ. އަދި މުސްތަގްބަލަށް ވިސްނާގެން ޕްލޭން ވެސް ކުރަނޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.