ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އެގޮތުން މި މަޝްވަރާ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްތާނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ދެ ޤައުމުގެ ދިފާޢީ އެއްބާރުލުން ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.
މިގޮތުން ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމުގެ އަގުވަޒަން ކުރައްވާ ސަޢޫދީ ސަރުކާރަށް ދިފާޢީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.