މައްކާ ރޫޓަށް އިމިގްރޭޝަންގެ ބޭނުމަށާއި ޙާޖީންގެ ކަންކަން ބަލަހައްޓާ ނުސުކް ޕްލެޓްފޯމަށް ބޭނުންވާ ޙާޖީންގެ ބަޔޯ-މެޓްރިކްސް ނަގަން ފަށައިފިއެވެ.

އެގޮތުން ފުރަތަމަ މާލޭގައި ދިރިއުޅެމުންދާ މީހުންގެ ބަޔޯމެޓްރިކްސް ނަގަން ހަމަޖެހިފައި ވާއިރު އަތޮޅުތަކުން އަންނަ މީހުންގެ މަޢުލޫމާތު ނަގާނީ، ފުރާ ތާރީޚާ ކައިރިކޮށް ބާއްވާ ބައްދަލުވުންތަކުގައެވެ.

ބަޔޯމެޓްރިކްސްގެ ގޮތުގައި ނަގަނީ، ހައްޖުވެރިންގެ އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތަކަށް ނަގާ ފޮޓޯއެވެ. ބަޔޯމެޓްރިކްސް ނަގަނީ، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އެހީގައި ފޯނުން އޮންލައިންކޮށެވެ.

އަދި އެ މަޢުލޫމާތު ވަގުތުން ސަޢުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ޕޯޓަލްއަށް ވަގުތުން އަޕްޑޭޓްވެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.