ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި މީހުން ގެންގޮސްފައިވަނީ އެ ވުޒާރާއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއްގައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ،، މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ)ގެ ދަށުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލެ ފޭސް2 ގައި އުޅޭ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން 19 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މީގެތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.