ބަންޑާރަ މީޑިއާއަކީ ބަންޑާރަ މީޑިއާއަށް ވާންޖެހޭ ކަމަށާއި ސަރުކާރުކޮޅާއި ކަންކަން ގެނެސްދޭ މީޑިއާއަކަށް ވާންޖެހޭނެ ސަރުކާރާއި އިދިކޮޅުހަރަކާތްތައް ގެނެސް ދީގެން ނުވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ މީޑިއާއަކީ ދައުލަތު ކުރާކަންކަމާއި ސަރުކާރުން ހިނގާކަންކަމާއި ދައުލަތުގެ އެކި މުއައްސަސާތައް ހިނގާ ކަންކަން ގެންނަންޖެހޭ ބައެއްކަން ފާހަގަކުރައްވާ މެންބަރު މުސްރަފާ ވިދާޅުވީ، އެއީ އެބޭފުޅުންގެ ޒިންމާއާއި ވާޖިބެއް ކަމަށެވެ.

އިންތިހާބެއް ކުރިމަތިވެގެންދާއިރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައްޔިތުން މަޖިލީސް އިންްތިހާބުގައި ވެސް އަދި ރިޔާސީ އިންތިހާބުގައި ވެސް ވަރަށް ހަމަހަމަ އުސޫލެއް ދެވިގެން ޕީއެސްއެމްއިން ގެންދިޔަތަން

މެންބަރު

މެންބަރު މުސްތަފާ ވިދާޅުވީ، އަދި ބަންޑާރަ މީޑިއާ އަކުން އިދިކޮޅު ޕާޓީގައި ހަރަކާތްތައް ގެންނަންނުޖެހޭނެ ކަން ފާހަގަކުރައްވާފައެވެ. އަދި ބަންޑާރަ މީޑިއާއަކުން ކުރަންޖެހޭ ކަމަކަށް ވާންޖެހޭނީ ސަރުކާރު ހިނގާ ކަންކަމާއި ރައްޔިތުންނަަށް ސަރުކާރުން ފޯރުކޮށްދޭންގެހޭ މައުލޫމާތު އޭގެ ސައްހަކަމުގައި ފޯރުކޮށްދިނުން ކަމަށް މެންބަރު މުސްތަފާ ވިދާޅުވިއެވެ.

އޭގެ އިތުރުން މެންބަރި ވަނީ ޕަބްލިކް ސާވިސް މީޑިއާއިން ދޮގެއް ނަހަދާކަން ބުނެ ޕީއެންސީ އިން ގިނަ ގޮނޑި ކާމިޔާބު ކޮއްފައިވާކަމަށެވެ. އަދި ބަންޑާރަ މީޑިއާއިން ގެނެސްދޭންޖެހޭނީ އެ ހަބަރެއް އެއިންނަ ގޮތަށް އޭގެ ހަގީގަތާއެއްގޮތަށް ކަމަށް މެންބަރު ވިދާޅުވިއެވެ.