ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓް ކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރ. ރަސްގެތީމުގައި މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ. އޭނާ އަކީ އެކަނި ދިރިއުޅެމުންދިޔަ މީހެއްކަމަށް މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.