ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވާ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ހަތަރު މެމްބަރަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކުރި ހަތަރު މެންބަރުން އެ މަގާމަށް އައްޔަންކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.

އެ މެމްބަރުން އައްޔަންކުރީ ކުރިން ތިއްބެވި ހަތަރު މެމްބަރެއްގެ ބަދަލުގަ އެވެ.

ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކުރި ހަތަރު މެމްބަރުންނަކީ ކ. ތުލުސްދޫ، ވިލަރެސް، ހުދާ ފަހުމީ، ރ. ރަސްގަތީމު، ރަސްވެލި، އާއިޝަތު މަލްހާ، މއ. ރިހިރާޅު އަލީ ސިނާން، އަދި މ. ވާރޭވިލާ، އާއިޝަތު އަލީ އެވެ.

ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި މިހާރު ތިއްބަވަނީ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލްސަމީއު އިމާދާއި އާއިޝަތު ހަމީދާއި ސަބީހާ އަހުމަދެވެ.