ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ތާރީހްގައި ނުދަރާވަރަށް ދައުލަތް ދެރި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ތާރީހްގައި ނުދަރާވަރަށް ދިވެހި ދައުލަތް ދަރުވައި، ރާއްޖޭގެ ކަނޑުގެ ބައެއް ސިއްރު ސިޓީފުޅަކުން ދޫކޮށްލައްވައި ރާއްޖޭގެ މަގުތަކުގައި ބޮންގޮވައި ތިމާގެ އަމިއްލަ ޕާޓީ އަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާކަމަށެވެ.
މީގެ އިތުރުން ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެން ޕާޓީއެއް ހައްދަވައި ސިޔާސީ މަސައްކަތްޕުޅު އެޕާޓީގެ ތެރެއިން ފައްޓަވައި މިހުރިހާ ކަމެއް ހިނގައި ދިޔަ ދުވަސްވަރު ނަޝިދާ އެކު މަސައްކަތްޕުޅު ކުރެއްވި ހުރިހާ މެމްބަރުން ތިއްބެވީ މަޖިލީހުގައި ކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު ގައުމަށް ހެޔޮއެދިވަޑައިގެން ނަޝިދާ އެކު މަސައްކަތްޕުޅު ކުރެއްވި މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން އެދުވަސްވަރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ ވެސް ޝުޖާއު ވަނި ސުވާލުއުފައްދާފައެވެ.