ކޮންމެ ސަރުކާރަކުން ނެގިޔަސް، ހާލަތާގުޅޭގޮތުން ލޯނު ނެގުމަކީ މައްސަލައެއްކަމަށް ނުދެކޭ ކަމަށް ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފް އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ފައިސާ ނެތް، ދަރަނި އަދާކުރާނެގޮތެއް ނެތް، އަދާކުރެވޭނެ ދުވަހެއް ނޭގެ، ފައިސާ ހޯދާނެގޮތެއް ނެތް" މިއީ ބައެއް ފަރާތްތަކުން އިއްޔެއާއި ހަމައަށްވެސް ވަރަށް އަޑުހަރުކޮށް ކިޔަމުންދިޔަ ލަވައެއް ކަމަށެވެ.

މަހްލުފް ވިދާޅުވީ ކަންދިމާކުރިގޮތުން، ލޯނު އަދާކުރުމުގެ ބުރަ ދައުލަތަށް ކުރިމަރިވި ވަގުތު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ދަރަނިން ރައްޔިތުން ސަލާމަތްކޮށްދެއްވާފައި ކަމަށެވެ.

މިދަރަނިތައް އަދާނުކުރެވުނުނަމަ، ރާއްޖެއަށް ކުރިމަތިވާނެ ދަތިތަކާ ގޮންޖެގުހުންތައް އަންދާޒާވެސް ކޮށްނުލެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިއީ ދަރަނިން ދިވެހި ދައުލަތާއި، ރައްޔިތުން ސަލާމަތް ކޮށްދިނުމުގެ ތާރީހީ ރިކޯޑެއްކަން ފާހަގަކުރައްވާ މަހްލޫފް ވަނީ އެ ޕޯސްޓުގައި ރައްޔިތުންނަށް މަރުހަބާ ކިޔައި، ރައީސް އަށް ޝުކުރު ދަންނަވާފައެވެ.