ތަޅާ ފޮޅާ މަރައިގެންނެއް ނުހުއްޓުވޭނެ ކަމަށާއި، ވާނީ އިތުރަށް ވަރުގަދަ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީފީން ކުރިއަށް ގެންގޮސްފައިވާ މުޒާހަރާގެ ތެރެއިން އާޒިމް އަށް ހަމަލާދިނުމާ ގުޅިގެން މުޒާހަރާ ނިންމާލުމަށް ފަހު އޭނާ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުޒާހަރާގައި ބައިވެރިންނާއެކު ހިނގަމުން ދަނިކޮށް ކުއްލިއަކަށް ގުރޫޕަކުން އައިސް އޭނާގެ މޭމަތީގައި ޖަހާފައިވާކަމަށެވެ.
ހަމަމިއާއެކު މުޒާހަރާގެ އެހެން ބައިވެރިން އޭނާ ދިފާއު ކޮށްފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވި އެހެން ނޫން ނަމަ އޭނާ އަށް ބޮޑެތި އަނިޔާތަކެއް އިތުރަށް ލިބުނީސް ކަމަށެވެ. އަދި މޭމަތީގައި ޖެހީމައި، ރިހުން ހުރި ކަން ވެސް އާޒިމް ވަނީ ފާހަގަކޮށްފައެވެ.
އާޒިމް ވިދާޅުވީ އޭނާ އަށް ގަބުލު ކުރެވެނީ މި ހާދިސާ އަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
އާޒިމް އިތުރަށް ވދާޅުވީ މިދެދުވަހު މި އިވިގެންދަނީ އެތައް މަރުތަކެއްގެ ވާހަކަ ކަމަށާއި އޭގެ ކުރިންވެސް އެތައް މަރުތަކެއް ހިނގާފައިވާ ކަމަށެވެ. އަދި ލޭ އަޅާ ކުދިންގެ ގަޔަށް ކުނި ލޭ އެޅިގެން ދާއިރުގައި މިހާ ނާގާބިލު ސަރުކާރެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަނިޔާ ކޮށްގެން ރައްޔިތުންނަށް ކޮށްދޭ މަސައްކަތްތައް ނުހުއްޓާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގާނޫނު އަސާސިގައި އޮންނަނީ އެންމެ ބަރު ގަދަވާނީ ރައްޔިތުން ކަމަށެވެ އަދި އެހެން އެކަން އޮންނަނީވެސް ސަބަބަކާހެދި ކަމަށެވެ. އަދި އެއީ ސަރުކާރު ފެއިލް ވެފަ، ކޯޓު ތައް ފެއިލް ވެފަ، މަޖިލިސް ފެއިލް ވީމާ ދެން ރައްޔިތުން ނިކުމެ ޖެހޭނީ ހަމަ މަގަށް އަޅުން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އޭގެ ކުރިއަށް 70 އިންސައްތަ މީހުން މި ސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަމަށާއި، ވޯޓު ފޮށިން ރައްޔިތުން "ނުނެކޭ" ބުނީމަ ދެންވެސް ސަރުކާރުން ވެރިކަމުން ނުފޭބީމައި މިހާރު މަސައްކަތް ކުރަނީ ބާލަން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ސަރުކާރު ވެރިކަމުން ބާލާ، ރަނގަޅު ސަރުކާރެއް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.