މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދީފިއެވެ.
އާޒިމަށް ހަމަލާދީފައި ވަނީ އެމްޑީޕންީ މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން މިރޭ ބޮޑުރަސްގެފާނު މަގުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްތިއުފާއަށްގޮވާ ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް، ކުއްލި ގޮތަކަށް މީހަކު މުޒާހަރާގެ ތެރެއަށް ވަދެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން ވަނީ މަސައްކަތް ކޮށްފައެވެ.
އެ މީހާ މޭޔަރުގެ ހަށިކޮޅުގައި އަތްލައި، ކޮށްޕާލާފައިވާއިރު އިތުރު ހަމަލާއެއް އަމާޒުވުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ މީހާ ހިފަހައްޓާފައެވެ.
އެކަމާއި ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުގެ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މިއީ އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި ސަރުކާރުން ހިންގާފައިވާ އަމަލެކެވެ.