ކާބޯތަކެތީގެ ރައްކާތެރިކަމާއި އެކްސްޕޯޓް ކުރިއެރުވުމަށް ރާއްހެޖެއިބް ޗައިނާއާއެކު މަޝްވަރާކޮށްފިއެވެ.

މިކަންހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވަނީ ވައިސް ގަވާނަރު، ރެން ޖިންގޮން އިސްކޮށް އުޅުއްވާ ޗައިނާގެ ސިވުއާންގެ ވަފުދަށް މަރުހަބާ ދަންނަވާފައެވެ.

އެގޮތުން އެ ވަފުދަށް މަރުހަބާ ދަންނަވާ މިނިސްޓަރު ވަނީ ވަފުދުގެ ބައިވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި އެކްސްޕޯޓް ކުރިއެރުވުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ވެސް މަޝްވަރާތައް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އެ ދާއިރާތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް ޗައިނާއިން އަަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށާއި އެކަން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ޗައިނާގެ ބެއިޖިންނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ވެރިން ބައްދަލުކޮށް އިތުރަށް ގުޅުންތައް ބަދަހިވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.