މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް މިއަދު ބަދަލުކޮށްފި އެވެ.
އަޝްފާން ޔޫތް މިނިސްޓަރުގެ ނައިބަކަށް އައްޔަނުކުރެއްވިއިރު، އޭނާ ވަނީ އިމިގްރޭޝަނުގައި 19 އަހަރު ވަންދެން ހިދުމަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ކުރިން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި އަޝްފާންގެ ހިދުމަތުގެ އަގު އެ އިދާރާ އިން ވެސް މިއަދު ވަނީ ވަޒަންކޮށްފައެވެ.
އަޝްފާންއަކީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންންޑް، އަޝްފާގުގެ ކޮއްކޮއެވެ. އެގޮތުން، އަޝްފާން ވަނީ މީގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ވެސް ކުޅެފައެވެ.