ހުޅުމާލެ ފޭސް 2 ގެ ބްރިޖް މަތީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު ބްރިޖްގައި މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 02:43 އެހައިކަންހާއިރު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓްގެ ބާރުގަދަކަމުން އޭގެ ތެރެއިން އެއް ކާރު މަގުމައްޗަށް ފުރޮޅާލައިފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގުކޮށް މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.